ޖައިދީޕް 1.2 މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް ގަނެފި

މަގުބޫލު ގިނަ ފިލްމުތަކުން ފެނިފައިވާ އިންޑިއާގެ އެކްޓަރު ޖައިދީޕް އަހްލަވާތު އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުން ލަގްޒަރީ ގެއެއް ގަނެފިއެވެ. މުމްބާއީގެ އަނދޭރީ ވެސްޓުން ޖައިދީޕް ގަނެފައިވާ މި ގޭގެ އަގު 10 ކްރޯޑު ރުޕީސް (1.2 މިލިއަން ޑޮލަރަ)ށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖައިދީޕާއި އެކްޓަރުގެ އަންހެނުން ޖިޔޯތީ ހޫޑާ ގުޅިގެން ގަނެފައިވާ މި ގެއަކީ އަނދޭރީ ވެސްޓުގެ އެންމެ މުއްސަނދި މީހުން ދިރިއުޅެމުން އަންނަ ޕޫނާ އެޕާޓްމެންޓް ކޮމްޕްލެކްސްގައި ހުންނަ މި ގޭގެ ސްޓޭމްޕް ޑިއުޓީގެ ގޮތުގައި އިންޑިއާގެ 60 ލައްކަ ރުޕީސް ދައްކާފައިވާއިރު މި ތަނުގެ ރެޖިސްޓްރޭޝަންގެ ޚަރަދަށް އެކަނި ވެސް 30،000 ރުޕީސް ހޭދަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖައިދީޕް ވެބް ސީރީސް "ޕާތަލް ލޮކް"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުސްތާންޓައިމްސް ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕްގެ ފިލްމު "ގޭންގްސް އޮފް ވަސޭޕޫރު"އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ފިލްމު އިންޑަސްޓްރީއާ ގުޅުނުއިރު އޭނާގެ މިލްކިއްޔާތުގައި ހުރި އާމްދަނީގެ އަދަދަކީ އަށް ކްރޯޑު ރުޕީސްއެވެ. ނަމަވެސް، އެކްޓަރަށް ލިބުނު މަގުބޫލުކަމާ އެކު ފިލްމު އިންޑަސްޓްރީއިން ލިބެމުންދިޔަ އިތުރު ފުރުސަތުތަކާ އެކު އޭނާގެ މިލްކިއްޔާތުގައި މިހާރު ހުރި ފައިސާގެ އަދަދު ރަސްމީކޮށް އެނގެން ނެތްއިރު ޖައިދީޕް މިފަހުން ފިލްމު ކުޅެދޭ އަގަކީ 20 ކްރޯޑު ރުޕީސް (2.4 މިލިއަން އެމެރިކާ ޑޮލަރެ)ވެ. ޖައިދީޕް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ޖުވެލް ތީފް"އެވެ. އޭނާގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު އަދި ވެބް ސީރީސްތަކުގެތެރޭ "ޕާތަލް ލޮކް"، "އޭން އެކްޝަން ހީރޯ"، "ގޭންގްސް އޮފް ވަސޭޕޫރު" އަދި "ޖާނެ ޖާން" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ