އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރާއްޖޭގެ އީޝަލް ރިހި މެޑަލް ހޯދައިފި އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރާއްޖޭގެ އީޝަލް ރިހި މެޑަލް ހޯދައިފި

ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ އޭޝިއަން ކަޕް 2025، ޝޫޓިން މުބާރާތުގެ އެއާ ޕިސްޓަލް ވިމެންސް ޖޫނިއާ ޑިވިޝަނުން، ރާއްޖޭގެ ޝޫޓިން ޓީމުގެ އީޝަލް މިސްބާހު ރިހި މެޑަލް ހޯދައިފި އެވެ.
މިއީ، ރާއްޖެ އަށް އޭސިއާ ލެވަލްގެ މުބާރާތަކުން ލިބުނު ތާރީހީ ކާމިޔާބެކެވެ.
އެއާ ޕިސްޓަލް ވިމެންސް ޖޫނިއާ އިވެންޓުގައި ވާދަކޮށް، އީޝަލް ރިހި މެޑަލް ހޯދިއިއިރު، އޭނާގެ ސްކޯ އަކީ 229.2 އެވެ. މި އިވެންޓް ކާމިޔާބުކުރި، ޗައިނީސް ޓައިޕޭގެ ޝޫޓަރު، ލިއައޮ ކެ ރޮން އަށް ހޯދުނީ 231.2 ގެ ސްކޯ އެކެވެ.
މި ތާރީހީ ކާމިޔާބީ، އީޝަލް ހާސިލްކުރިއިރު، އޭނާ ފައިނަލް އިވެންޓަށް ކޮލިފައިވީ ވެސް ތާރީހީ ކުރިއެރުމަކާ އެކީގަ އެެވެ. އެ ގޮތުން، އެއާ ޕިސްޓަލް ކެޓަގަރީން ފައިނަލަށް ދަތުރުކުރިއިރު، އީޝަލްގެ ސްކޯ އަކީ ގައުމީ ރެކޯޑެކެވެ. އީޝަލް މި ރިކޯޑް ހަދާފައިވަނީ 517 ސްކޯ އަކުންނެވެ.
މަޖީދިއްޔާ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އުމުރުން 15 އަހަރުގެ އީޝަލް، ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރު ކަމަށްވާ އޭޝިއާގެ ވަރުގަދަ މުބާރާތަކުން ރިހި މެޑަލް މި ހޯދީ ގިނަ ގައުމުތަކެއްގެ ޝޫޓަރުން ފަހަތައް ޖައްސައިލުމަށް ފަހު އެވެ.
ޝޫޓިން ޓީމުން މައުލޫމާތު ދޭ ގޮތުގައި، އީޝަލް އަށް މި ލިބުނު ކާމިޔާބީ ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ، ރާއްޖޭން މި ކާމިޔާބީ ހޯދާފައިވަނީ، ވާދަކުރި 23 ގައުމުގެ ތެރެއިން، 21 ގައުމަށް ވުރެ ކުރިހޯދައިގެން ކަމަށް ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ