އައްޑޫ ސިޓީ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނަކަ އާއި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން 1 މެގަވޮޓް ގެ ޖެންސެޓެއް އައްޑޫސިޓީއަށް ގެނެސްފިއެވެ.
ފެނަކައިން ބުނީ މާލެއިން ގެންދިޔަ އެ ޖަނަރޭޓަރު މިއަދު އައްޑޫ އަށް ގެންގޮސް ސެންޓްރަލް ޕަވަރ ސްޓޭޝަންގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މީގެއިތުރުން އިންޑިއާއިން 1.8 މެގަވޮޓްގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށް ފެނަކައިން ބުނެފައިވާއިރު، އެ ޖެނެރޭޓަރ ގެންނަ އުޅަނދު ޝެޑިއުލްއާ އެއްގޮތަށް ދަތުރުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
Advertisement
ފެނަކައިން ބުނެފައިވާގޮތުން އައްޑޫ ކަރަންޓް މައްސަލަ ބޮޑަށް ދިމާވާންފެށީ، ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުންނެވެ.
އޭގެ ސަބަބުން ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ.
އައްޑޫ ކަރަންޓު މައްސަލަ: 1 މެގަވޮޓް ޖެންސެޓް އައްޑޫއަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ