ނައިފަރު ގެއެއްގެ ފާރު ވެއްޓި، ދެ ކުއްޖަކަށް އަނިޔާ ވެއްޖެ
ޅ.ނައިފަރުގައި ހަދަން ފަށާފައިވާ އިމާރާތެއްގެ ފާރެއް އެރަށު ވެލްކަމްގޭޓް ގޭގެ ފުރާޅުމައްޗަށް ވެއްޓި، ދެ ކުޑަ ކުދިންނަށް އަނިޔާވެއްޖެ އެވެ. ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި ހައެއްޖަހާ އެހާއިރު ކަމަށެވެ. "ދެ ކުއްޖަކަށް އަނިޔާވި، އެ ކުދިން ގައިގެ ހަން މަށައިގެން ދިޔަ. އެއީ ކުޑަ ދެ ކުދިން" ރަޝީދު ވިދާޅުވިއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައި ވާގޮތުގައި، އަށް މީހުން ދިރިއުޅޭ އެގޭގެ އެއް ކޮޓަރި ވަނީ މީހުންނަށް ދިރިނޫޅެވޭވަރަށް ހަލާކުވެފައެވެ. އެހެންކަމުން އެ ރަށުގެ އެހެން ގެއަކަށް ވެލްކަމްގޭޓް ގޭގެ އެ ކޮޓަރީގެ މީހުން ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. https://x.com/NDMAmv/status/1887524153642918225 ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ