ހުލާސާކޮށް އިއްޔެ: ކެމްޕޭނު ހަރަކާތްތަކުން ވެސް އަބްދުއްރަހީމް ގެއްލިއްޖެ ހުލާސާކޮށް އިއްޔެ: ކެމްޕޭނު ހަރަކާތްތަކުން ވެސް އަބްދުއްރަހީމް ގެއްލިއްޖެ

އިދިކޮޅުގައި އޮތް ފަސް އަހަރު، މިހާރު ވެރިކަންކުރާ ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ލީޑުކުރެއްވި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ހަރަކާތްތަކުން ވެސް ގެއްލިއްޖެ އެވެ.
މިއަދު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ބައި-އިލެކްޝަނުގެ ތައްޔާރީތަކަށް ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެންމެ އިސްކޮށް ތިއްބެވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އެވެ. އަބްދުﷲ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެކަކެވެ.
ވެރިކަމަށް އައުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ބައި-އިލެކްޝަންތަކުގައި މާލޭގައި އަދި ރަށްރަށުގައި ވެސް އަބްދުއްރަހީމް ވަނީ އިސް ރޯލެއް އަދާކުރައްވާފަ އެވެ. ސަފުގެ އެންމެ ކުރީގައި ހުންނަވާ، މީޓިންތަކުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.
ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުން އަބްދުއްރަހީމް ގެއްލުނީ، ސިޔާސީ ނުތަނަވަސްކަން ބޮޑުވެ އެމަނިކުފާނާއި ރައީސް މުއިއްޒުއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ވަގުތެއްގަ އެވެ. އެގޮތުން ޕީއެންސީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް ވަނީ އެކަހެރިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ