242 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެއާ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

242 މީހުންނާއެކު އިންޑިއާގެ އަހުމަދުއާބާދުން ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ ބޮއިންގް 787 މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައި ވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ.އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. އަދި ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓުނު އިރު ލޭންޑިން ގިއަރު ވެސް މައްޗަށް ނުނެގެ އެވެ.އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ވެސް މި ވަގުތު އޮތީ ބަންދު ކޮށްފައެވެ. މިހާދިސާގައި އަނިޔާވެ އަދި މަރުވި މީހުންގެ ތަފްސީލެއް ނުލިބެ އެވެ.މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އެއްކޮށް އަނދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ