ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާނަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.
ވީ ކިިހިނެއް؟ - ފުލުސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ތަނުގެ 'ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން' ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ:
އައިޝަތު މަލީހާ، 22، ލުނބޯގަސްދޮށުގޭ/ހދ. މަކުނުދޫ
އޭނާ ހޯދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވޭތީ
ފުލުހުން ބުނި ގޮތުގައި މަލީހާ ހާޒިރު ކުރަނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައިގައި ސުވާލު ކުރުމަށެވެ. އެކަމަކު ފޭކް ސްލިޕް ފޮނުވައިގެން އޭނާ ކުރީ ކޮން ކަހަލަ ވިޔަފާރިއެއް ކަމެއް ފުލުުހުން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ