މި ސަރުކާރުން ބަދަލުގެ ގޮތުގައި 101 މިލިއަން ރުފިޔާ ދިން ވާހަކަ ދޮގުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދިން ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި އެއްވެސް ބަޔަކަށް ފައިސާއެއް ދޫކޮށްފައި ނުވާ ކަން މިނިސްޓްރީން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ބަޔާނެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާ ގޮތުގައި މި ސަރުކާރުން ބަދަލުގެ ގޮތުގައި 101 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރިކަމަށް މީޑިއާއިން ޚަބަރު ފަތުރާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެތައް ބިލިއަން ރުފިޔާއަކާއި އަގު ބޮޑު ހަރުމުދާ އެކި ފަރާތްތަކަށް ބަދަލުދިނުމުގެ ނަމުގައި ދޫކޮށްފައިވެއެވެ. އެގޮތުން އެކަމަށް ހާއްސަ ކޮމިޓީއެއް ހަދައިގެން ކުރީ ސަރުކާރުން މަސައްކަތް ކުރި އިރު، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެ ކޮމިޓީ އުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ