މި އަހަރުގެ ބޮޑު ޢީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ.
ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި، އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކަރ، ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
Advertisement
އިމަޖެންސީ ޙާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކަރ ދޫކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ:
- ހުކުރު ދުވަހު (މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް)
- ހޮނިހިރު ދުވަހު (ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް)
ޢީދު ދުވަހު ޢާންމުން ބޭރަށް ނުކުމެލާ، ފައިމަގުގައި ފަސޭހައިން އުޅެވޭނެ ގޮތް ފަހިކޮށްދިނުމަށް، ކޮންމެ ޢީދަކާ ދިމާކޮށް ވެސް މާލޭ ސިޓީ ކައުންސިލުން ޢީދު ދުވަހުގެ ވަކި ވަގުތަކަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރެއެވެ.
އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ