ޣައްޒާގެ ރައްޔިތުންގެ ހާލަތާ މެދު އަޑުއުފުލާނަން: ހެރިސް

ޣައްޒާގެ ރައްޔިތުންގެ ހާލަތާ މެދު އަޑުއުފުލާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ވޮޝިންގްޓަންގައި ނެތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެރިސް ވިދާޅުވީ، އިސްރާއީލަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާ ގޮތް މުހިންމުކަމަށް ވިދާޅުވެ އެކަމަނާ ވިދާޅުވީ ވޭތުވެދިޔަ 9 މަހު ޣައްޒާގައި ހިނގާފައިވާ ކަންކަމަކީ ވަރަށް ހިތާމަވެރި ކަންކަން ކަމަށެވެ.
"މަރުވެފައިވާ ކުޑަކުދިންނާއި، ބަނޑުހައިހޫނުކަމުގައި ތިބި މީހުން ރައްކާތެރިކަމަށް އެދި ފިލަމުންދާ މަންޒަރު ފެންނަނީ. ބައެއް މީހުން ދެވަނަ، ތިންވަނަ، ހަތަރުވަނަ ފަހަރަށްވެސް ގެދޮރު ދޫކޮށް ދަނީ. މި ހިތާމަވެރި މަންޒަރުތަކަށް އަޅުގަނޑުމެންނަށް ލޯމަރައެއް ނުލެވޭނެ. އަދި މި ވޭންތަކަށް އަޅުގަނޑު އަޑުއުފުލާނަން." އިތުރަށް ވާހަކަދައްކަވަމުން ހެރިސް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ލަފާކުރެވޭ ހެރިސް، އިސްރާއީލު-ހަމާސް ހަނގުރާމައާ ގުޅޭގޮތުން އޭނާގެ ވިސްނުން އޮތްގޮތް އެންމެ ސާފުކޮށް ހާމަކުރެއްވި މިއީ މި ފުރަތަމަ ފަހަރެވެ.  އަދި އިސްރާއީލަށް އެމެރިކާގެ "ދެމެހެއްޓެނިވި އެހީތެރިކަން" އޮތްކަމަށް ވިދާޅުވެ، ހަނގުރާމަ ނިންމުމަށް ބާރުއަޅުއްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ