ރައީސް ވަކިކުރުމާބެހޭ އިސްލާޙަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް އެކަނި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރުން މަޑުޖައްސާލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ޤާނޫނު އަސާސީގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަޤާމުން ދުރުކުރާނަމަ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ބޭނުންވާނެކަމަށެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެ އަދަދު ގުނާއިރު މަޖިލީހުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ޖުމްލަ އަދަދު ގުނާގޮތަށް މަޖިލީހުގެ ޤަވާއިދަށް އިސްލާޙެއް ގެނެސްފައެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ގޮނޑި މިވަގުތު ވަނީ ހުސްވެފައެވެ.
އިތުރު ތަފްޞީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ