މައްސަލަ ހައްލުކުރި ފަހުންވެސް ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑިއްޖެ

މިފަހަރު ކަރަންޓު ކެނޑެން މެދުވެރިވީ ހިންގާފައި ހުރި އިންޖީނެއްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކުން ކަމަށް ފެނަކައިން ބުނެ އެވެ.
އުތުރު ސިޓީ / ކުޅުދުއްފުއްޓަށް ދިމާވަމުން ދިޔަ ކަރަންޓުގެ މައްސަލަތައް އެކަށް ހައްލުކޮށް، މުޅި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 24 ގަޑިއިރު ނުވަނީސް އަނެއްކާވެސް ކަރަންޓު ކެނޑި ސިޓީގެ ވިޔަފާރިއާއި ހިދުމަތްތަކާއި އާންމު ދިރިއުޅުމަށް ބުރޫއަރައިފި އެވެ.
ކުޅުދުއްފުއްޓަށް ކަރަންޓު ދެނީ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކައިންނެވެ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރީ ފެނަކައިން އެހީއަށް އެދުމުން މައި ކަރަންޓު ކުންފުނީގެ އިންޖިނޭރުންނާ ފެނަކައިގެ އިންޖިނޭރުން ގުޅިގެނެވެ.ނަމަވެސް ފެނަކައިން މިއަދު ބުނީ މައްސަލަ ހައްލުކޮށްފައި ވަނިކޮށް މިއަދު އުތުރު ސިޓީގައި ކަރަންޓު ކެނޑެން މެދުވެރިވީ އަލަށް ގެންދިޔަ 800 ކިލޯވޮޓް އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، ހިންގާފަ ހުރި އިންޖީނު ތަކުގެ ތެރެއިން އެއް މެގަވޮޓް އިންޖީނެއްގެ ޑައިނަމޯއަށް މައްސަލަ ޖެހިގެން ކަމަށެވެ. "... ނަމަވެސް މި މައްސަލަ ހައްލުކޮށް މިހާރު މުޅި ރަށަށް ވަނީ [ކަރަންޓުގެ] ހިދުމަތް ދެވިފައެވެ." ފެނަކައިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.މިދިޔަ ރޯދަ މަހުގެ ތެރޭގައި އެ ސިޓީގެ އިންޖިނޫގޭގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އޯވާލޯޑްވެ، އެކި ވަގުތުގަކުގައި ކުޅުދުއްފުށީ އެކި ސަރަހައްދުތަކުން ދިޔައީ ކަރަންޓު ކެނޑަމުންނެެވެ. މި މައްސަލައާ ގުޅިގެން ސިޓީގެ ރައްޔިތުންގެ ބަޔަކު ނިކުމެ އިހުތިޖާޖު ވެސް ކުރި އެވެ. އެންމެ ފަހުން ފެނަކައިން ނިންމީ އޭޕްރީލް މަހުގެ ކުޅުދުއްފުށީގެ ކޮންމެ ކަރަންޓު ބިލަކުން 50 ޕަސެންޓު އުނި ކުރާށެވެ. އެއީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ