ހަނިމާދޫއާ 2،250 ކިލޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެ

އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ އަންޑަމަންސް އައިލެންޑްސް އިންޑިއާ ރީޖަންއަށް ބިންހެލުން އައިސްފައިވަނީ ރޭ ދަންވަރު 4:01 ގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 5.1 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
An Earthquake of magnitude 5.1 occurred in Andaman Islands. pic.twitter.com/zbosEZ5HZY— Maldives Meteorology (@MetMaldives) April 16, 2024
މެޓް އޮފީހުން ބުނި ގޮތުގައި ބިންހެލުން އައި ސަރައްހަދަކީ ހަނިމާދޫއާ 2250 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.
މިދުވަސްވަރު ރާއްޖޭގެ އެކިހިސާބަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި ގުގުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް ހުރިހާ ހިސާބަކަށްވެސް އާދައިގެ ވަރަކަށް ވައި މަޑުވެ ކަނޑުތައްވެސް މަޑުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އެހެންނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތު ރާއްޖޭގެ އެކިހިސާބަށް އުދަ އެރުން އެކަށީގެންވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ