ބަނބުކެޔޮގަސްތަކެއް ވަރުވާ އަށް ދޫކުރަނީ

އއ. މާކުރަތުން ބަނބުކެޔޮގަސްތަކެއް ވަރުވާ އަށް ދޫކުރަން ނިންމައި، އެގަސްތައް ވަރުވާ އަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ ވަރުވާ އަށް ދޫކުރަން ނިންމާފައި ވަނީ ތިން ބަނބުކެޔޮގަސް ކަމަށެވެ. އެއީ ރަށުގެ އިޖުތިމާއީ މަރުކަޒު ގޯތިތެރޭގައި ހުރި ދެ ގަހާއި މާޒު ގޯތީގެ އިރުމަތިން އޮތް ހުސްބިމުގައި ހުރި ގަހެވެ. މި ތިން ގަސް ވަރުވާ އަށް ދޫކުރަން ނިންމާފައި ވަނީ ދެ އަހަރަށެވެ.
ބަނބުކެޔޮގަސްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް 3،500ރ. ކަމަށް މާކުރަތު ކައުންސިލުން ބުންޏެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ގެ މެންދުރު ފަހު 1:00 ކުރިން ކޯޓޭޝަން ހުށަހެޅުމަށް އެދިފައިވެ އެވެ. ކައުންސިލުން ބުނީ ކޯޓޭޝަން ހުށަހަޅާ އިރު، ބަނބުކެޔޮގަސްތައް ކުއްޔަށް ހިފުމަށް އަހަރަކަށް ހުށަހަޅާ ވަރުވާގެ އަގާއި ގަސްތައް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފުސީލާއި ގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭ މިންވަރާއި ކުރާނެ ފައިދާ ބަޔާން ކުރަން ވާނެ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުޅޫމާތު މާކުރަތު ކައުންސިލް އިދާރާގެ ނަމްބަރު 4009830 އިން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ