އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން ބިން ލިބިފައިވާ ރަށްތަކުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އައު އިންޖީނުގެތައް ތަރައްޤީކުރަނީ ޒަމާނީ ފެންވަރަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައިަކަމަށެވެ. އަދި އިންޖީނުގެތައް ހުންނަ ސަރަހައްދުގެ ގޮތުން އަޑުގަދަވުމާއި ދުމުގެ އަސަރުކުރުމުގެ ސަބަބުން އެކަމާ ރައްޔިތުން ކަންބޮޑުވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢޫތައް މިހާރުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ބިން ހިއްކައި ޖާގަ ލިބުންހާ އަވަހަށް އެ ރަށްރަށުގެ އިންޖީނުގެތައްވެސް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލު ކުރާނެކަމަށެވެ.
"އެހެންނަމަވެސް ހިއްކުމުގެ މަސައްކަތް ބައެއް ރަށްތަކުގަ ކުރަމުންވެސް އެބަދޭ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގަ އާ ޕަވަރ ހައުސްތައް އެޅުމުގެ މަސައްކަތް ފަށައިގަންނާނަން. ޖުމުލަގޮތެއްގައި އަޅުގަނޑުމެން މި ވާހަކަތައް ކައުންސިލްތަކާ ހިއްސާކޮށް ކައުންސިލްތަކުގެ އެއްބާރުލުމާ އެއްކޮށް ކުރިއަށް ގެންދާނީ" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ