ބ. އަތޮޅު މަދުރަސާގެ ސްކޫލް ކެޕްޓަނަކަށް ޖާސިމް! ޏ. އޭއީސީގެ ދަރިވަރުންނަށް އެއްދުވަހުގެ މީޑިއާ ކޭމްޕެއް ބާއްވައިފި އައްޑޫގެ 8 ސްކޫލަކާއެކު ސްކޫލްމީޑިއާ ކޭމްޕް ފަށައިފި އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ މީޑިއާ ކޭމްޕެއް މާދަމާ ފަށަނީ މަގުބޫލު ލިޔުންތައް ރ

އޭއޯ ނިއުސް އިން ބ. އަތޮޅު ސްކޫލްގެ އިސް ދަރިވަރުންނަށާއި މުދައްރިސުންނަށް ޚާއްޞަކޮށްގެން އެއްދުވަހުގެ މީޑިއާ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
ހޮނިހިރުދުވަހު ކުރިއަށް ގެންދިޔަ މި ކޭމްޕަކީ އެ ސްކޫލުގައި ސްކޫލް މީޑިއާ އިފްތިތާޙް ކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ފަންނީ ތަމްރީނާއި ދާއިރާ އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
މި ޕްރޮގްރާމްގައި ސެޝަން ނަންގަވައިދެއްވެވީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދެވެ.
މީޑިއާ ކޭމްޕްގައިވަނީ ދަރިވަރުންގެ ތެރެއިން ސްކޫލް ނިންމުމަށްފަހު މީޑިއާއިން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ދަރިވަރުންނަށް އެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތައް ކިޔައިދީ ނޫސްވެރިކަމުގެ ދާއިރާގެ މުހިއްމު ކަމާއި ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ބައިތައް ކިޔައި ދީފައެވެ.
އަދި ސްކޫލްގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލް ސްޓޫޑިއޯ ތައްޔާރުކޮށް ދަރިވަރުންނަށް ސްކޫލްގައި ހިނގާ ހަރަކާތްތައް ޚަބަރުގެ ސިފައި ގައި ޕްރެޒެންޓްކުރާނެ ގޮތް ދަސްކޮށްދީފައެވެ.
އޭއޯ ނިއުސް އިން މީގެ ކުރިންވެސް ރާއްޖޭގެ އެކި ސްކޫލްތަކުގައި ސްކޫލް މީޑިއާ ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން “ސްކޫލް މީޑިއާ ކޭމްޕް” ގެ ނަމުގައި މިފަދަ ޕްރޮގްރާމް ވަނީ ހިންގާފައެވެ. މިއީ ސްކޫލްތަކުގެ ދަރިވަރުން މީޑިއާ އަށް އަހުލުވެރި ކުރުމަށާއި މީޑިއާ ކްލަބް ތަކުގައި ހަރަކާތްތެރިވާ ދަރިވަރުންނަށް ހުނަރާއި މައުލޫމާތު ފޯރުކޮށްދީ ދަރިވަރުންނަށް ދާއިރާއިން ބޭނުންވާ ތަމްރީން ދިނުމުގެ މަގުސަދުގައި އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ