ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އޭސީޕީ މޫސާ ޢަލީ އައްޔަންކުރައްވައިފި

ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މޫސާ ޢަލީ އައްޔަންކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އެ މަޤާމުން އެހެން މަޤާމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މޫސާ ޢަލީ އައްޔަންކުރައްވާފައިވާކަމަށެވެ.
އޭސީޕީ އަޙްމަދު ޝިފާން ބަދަލުކުރައްވާފައިވަނީ، މޫސާ ޢަލީ މީގެ ކުރިން ހުންނެވި ފުލުހުންގެ ސަރވިސް ޑިވެލޮޕްމެންޓް ޑައިރެކްޓޮރޭޓްގެ އެންމެ އިސްވެރިޔާގެ މަޤާމަށް ކަމަށެވެ.
މިއީ ފުލުހުންގެ އިދާރާގެ އެކި މަޤާމުތަކަށް އަބަދުވެސް ގެންނަ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ