ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ސިންގަޕޫރުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގަ އެވެ. ސްރީލަންކާގެ ބޮޑުވަޒީރު ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނީ، ސިންގަޕޫރުގައި ސެޕްޓެމްބަރ އެކަކުން ން ދޭކަށް އަށް ބޭއްވި، އިންޑިއަން އިންޑިއަން އޯޝަން ކޮންފަރެންސް 2016 ގައި ބައިވެރިވުމަށެވެ.
މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ސްރީލަންކާގައި އަންނަ ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމްދީނާއި ޑިމޮކްރަސީއާބެހޭ ބައިނަލްއަގްވާމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މައުމޫނަށް ދައުވަތުއެރުވި ކަމަށް ޕީޕީއެމް އިން ބުންޏެވެ. އެ ދައުވަތު ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނާމެދު ބޮޑުވަޒީރު ވިކްރަމަސިންހަ ބަހައްޓަވަމުން ގެންދަވާ ގާތްކަމަށްޓަކައި ރައީސް މައުމޫން އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ. އަދި ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށް އަބަދުވެސް އެދިވަޑައިގަންނަވާކަމުގައި ބޮޑުވަޒީރު ވިކްރަމަސިންހަ ވިދާޅުވި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުންޏެވެ.
ލަންކާގެ ބޮޑުވަޒީރާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ