ކޮރަޕްޝަންގެ ތުހުމަތުގައި ފައްޔާޒު އޭސީސީއަށް ހާޒިރު ކުރަނީ
އޭސީސީ އިން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހާޒިރުވާން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ޗިޓު ފޮނުވައިފި އެވެ.އޭސީސީއިން މިއަދު ނެރުނު އެ އަމުރުގައި ފައްޔާޒު އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30އަށެވެ.އެ އަމުރުގައިވާ ގޮތުގައި ފައްޔާޒަށް ތުހުމަތު ކުރަނީ ސްވިފްޓް އިންޖިނިއަރިންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިން މައްސަލައެއްގަ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ:މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒު އިސްމާއިލް ބައިވެރިވެފައިވާތީ އޭނާ ބައިވެރިވެވަފައިވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އޭސީސީން ތުހުމަތުކުރޭ އޭގެ އިތުރުން ފައްޔާޒުގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާތީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީއިން އޭނާގެ މައްޗަށް ތުހުމަތުކުރެ އެވެ.ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެކެވެ. ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަހަލަ ޚުދުމުހުތާރު، އަނިޔާވެރި މީހަކު ވެރިކަމާ ހަވާލުވުމުން މިހާރުމާބޮޑަށް ވެސް ސާފުވެގެން ދަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ."މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އަޅުގަނޑުމެން އެންމެން ޖަލަށްލީނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރާންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ