ކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ ކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ

މާލެ އެމްޕީއެލް ބަނދަރު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މިއަދު ހިނގި ހާދިސާގައި ބިދޭސީއަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ މަސްއޫދު ހޮސައިން، 32، ކަމަށެވެ.
އެ ހާދިސާގައި ބަންޑުން ޖަހާލި ކޮޅުވެއްޓިން 14 މީހުން ދަތުރުކުރި ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވެގެން ގެންދިޔަ މީހުންގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީއަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މަރުވީ އޭނާ ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގި އިރު ބަންޑުންޖަހާލި ކޮޅުވެއްޓި ތެރޭގައި މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިގެން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދަނިކޮށް އެ މީހާ ފެނިގެން ކަނޑު އަޑިން ނަގާފައިވާ ކަމަށެވެ.
މިއީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ހިނގި މިފަދަ ތިންވަނަ ހާދިސާ އެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހުން މަރުވިއިރު، މިދިޔަ މަހު ހިނގި ހާދިސާގައި ވެސް ތިން މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ