ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބާއްވާ ގޮތަށް އަދި އިންތިހާބަށް ކުރިމަތިލުމަށް އެ އަހަރުގެ ޖެނުއަރީގައި ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
ބުނީ ކީކޭ؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިހާރު ތާވަލުކުރެވިފައިވާ ތާރީހުތަކުގައި އެ އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ:
އިންތިހާބު ބާއްވާނީ 28 މާޗުގައި
އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅަން ހުޅުވާލާނީ 17 ޖެނުއަރީގައި
"މިއީ މިހާރު ތާވަލުކުރެވިފަ ހުރިގޮތަށް ބަލާއިރު މި ތާރީހު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެގޮތަށް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނީ،" ޒާހިދު ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ، މި އިންތިހާބަށް މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދު ހިނގާނެ ކަމަށް ބެލޭ ކަމަށެވެ. އެކަމަކު އެ ހަރަދުތައް ކުޑަކުރަން މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ކަރުދާހަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް، މިފަހަރު އިންތިހާބަށް ނަން ހުށަހަޅަން ހުޅުވާލާނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާހިދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމުގެ ހައްގު އަދާކުރާ އިންތިހާބަަކަށް ހެދުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް އަންނަ މަހުން ފެށިގެން ޑިސެމްބަރު މަހާ ހަަމައަށް ކުރިއަަށް ގެންދާނެ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްތައް 12 އަތޮޅެއްގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު 28 މާޗުގައި؛ ކުރިމަތިލާން ހުޅުވާލާނީ 17 ޖެނުއަރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ