މިދިޔަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ހަރަކާތް ހުއްޓުވުމަށް އަމުރު ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެތައް މަހެއް ވަންދެން ކުރިއަށް ގެންދިޔަ ޝަރީއަތަށް ފަހު، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް ކޯޓުން މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.
މި ހުކުމަކީ ފާއިތުވި 10 އަހަރު ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ރައީސްއާ ދެކޮޅަށް އެޅި އެންމެ ބޮޑު ގާނޫނީ ފިޔަވަޅެވެ. އަދި މިއީ ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެޅި ފިޔަވަޅެކެވެ.
ހަސީނާގެ އަވާމީ ލީގް ޕާޓީއަށް ވޯޓުލުން ވަނީ މަނާކޮށްފަ އެވެ. އަދި މިއަދު ނިންމި މި ނިންމުމުގެ ސަބަބުން އިންތިހާބުގެ ކުރިން އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝެއިހު ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ