ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރުފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާއިން ސަރުކާރުގެ ވެރިން ފެނިވަޑައިނުގަތުމުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ފާޑު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި ހުންނަވައިގެން ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވަނީ ދެވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި މިނިސްޓަރަކު އެ ޖަލްސާއަށް ވަޑައިނުގެންނެވި ތަނުގައި ރައީސް އަބްދުﷲ ޔާމީނަށްވެސް ޖަލްސާއަށް ވަޑައިގަނަންވަން ކެރިވަޑައިނުގަތުމުން ރައީސް މައުމޫނު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ގައުމިއްޔަތު އަގުވަޒަންކުރުމަކީ މިއީތޯ ރައީސް މައުމޫނު ވަނީ ސުވާލުކުރައްވާފައެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ކުލަގަދަަކޮށް ފާހަގަކުރަން މި ސަރުކާރުން އޮތީ ކުރިން ނިންމައިފަ އެވެ. އެކަމަށްޓަކައި ޚާއްސަ ލޯގޯއެއް ވެސް ސަރުކާރުން ތައްޔާރުކޮށް، ރަަސްމީ ލިއުންތަކުގައި އަންނަނީ ބޭނުންކުރަމުންނެވެ.
ބެލެވޭ ގޮތުގައި ޖުމްހޫރީ ފަންސާސް ފާހަގަކުރުމުގައި މިސަރުކަރުގެ މާބޮދު ބައިވެރިވުމެއް ނުފެނުނީ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގެންނެވިއިރު ޖުމްހޫރީ ދުވަސް ފާހަގަ ކުރަން އެމަނިކުފާނުގެ ޚިޠާބެއް ވެސް އާންމު ކުރައްވާފައެއް ނުވެއެވެ.
ރާއްޖޭގައި ދެވެނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ހިނގަން ފެށީ 11 ނޮވެމްބަރު 1968 ގައެވެ.
ދެވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު ފާހަގަ ކުރެވެމުންދާއިރު، ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަ ވެގެން އަންނަނީ ރައީސުލް ޖުމްހޫރިއްޔާ ވެރިކަމަށް ހުވާކުރާ ދުވަހުގެ ގޮތުގައެވެ. އެހެން ނަމަވެސް ޖުމްހޫރިއްޔާއަށް ރަންޔޫބިލް ފުރުނުއިރު، ދިވެހިން މި ތިބީ އެ ހައްގުން މަހުރޫމުވެފައެވެ.
ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައި ނުވާތީ އެތައް ބައެއް ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
ޖުމްހޫރީ 50 ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ސަރުކާރުގެ އިސްވެރިން ނެތުމުން ރައީސް މައުމޫނު ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ