ޤާނޫނު ހަދާ މަޖިލިސް އުވާލަން ސިރިސޭނާ ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލުކޮށްފި

ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލާފައިވާކަމަށް އެ ޤައުމުގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ނިންމެވި ނިންމެވުން އެ ޤައުމުގެ ސުޕްރީމް ކޯޓުން ބާޠިލުކޮށް، އަވަސް އިންތިޚާބެއް ބާއްވަން ވަމުންދާ ތައްޔާރީތައް ހުއްޓާލުމަށް އަންގައިފިއެވެ.
ޕާލަމެންޓް އުވާލެއްވުމަށް ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމާއި، އަވަސް އިންތިޚާބަކަށް ގޮވާލެއްވި މައްސަލަ ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ލަންކާގެ ބޮޑެތި ސިޔާސީ ޕާޓީތަކުންނާއި، މަދަނީ ޖަމްއިއްޔާތަށް ގުޅިގެން މައްސަލަ ހުށަހެޅިތާ އެއް ދުވަސް ފަހުންނެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވިގޮތް އިޢްލާން ކުރެއްވީ އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާއެވެ.
ސިރިސޭނާ ޤާނޫނު ހަދާ މަޖިލިސް އުވާލާފައިވަނީ، އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަޤާމުން ވަކިކޮށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަޤާމަށް ޢައްޔަންކުރުމާއި ގުޅިގެން އުފެދެނު ސިޔާސީ ހަލަބޮލިކަމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ