މަޖިލީހުގެ މެމްބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފިއެވެ. މަޖިލީހުގެ މެމްބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ އެންމެ ފަހުން މަޖިލީހަށް ހުށަހެޅުއްވި އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޤާނޫނޫ އުވާލުމުގެ ބިލު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވާފައިވަނީ އިންތިޚާބީ އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މަގާމެއް ފުރުއްވުމަށެވެ. ޤަބޫލް ކުރެވޭގޮތުގައި އޭނާ އައްޔަން ކުރައްވަނީ ވަޒީރު ކަމުގެ މަގާމަކަށެވެ. ނަމަވެސް ޝާހިދު އައްޔަން ކުރައްވާނެ ވުޒާރާއެއް އަދި ސާފުވެފައެއް ނުވެއެވެ. ޝާހިދަކީ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޝާހިދު މަޖިލީހުގެ ރައީސްކަން ކުރެއްވީ ޑީއާރުޕީގެ ފަރާތުންނެވެ. އެހެންނަމަވެސް، ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް މުހައްމަދު ނަޝީދުގެ ފޮރިން މިނިސްޓަރަކަށްވެސް ޝާހިދު ހުންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ