ޕާޓީތަކަށް މެމްބަރުން ބަދަލުވުން، އަންނަ މަޖިލީހުން ހުއްޓުވާނެ: ރައީސް ނަޝީދު

އަންނަ އަހަރު އިންތިހާބު ކުރެވޭ މަޖިލީހުގައި އެކި ޕާޓީތަކަށް މެމްބަރުން ބަދަލުވާ، ބަދެަލުވުމަށް ހުއްޓުމެއް ގެންނަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ގއ. ވިލިގިނލި ދާއިރާއަށް ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ކެމްޕޭން ލޯންޗްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށެވެ. އަދި ދެން އަންނަ 19 ވަނަ މަޖިލީހަކީނަ ޒާހަތްތެރި މަޖިލީހަކަށް ހައްދަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މަޖިލީހުގެ ނަޒާހަތްތެރިކަން މި އަށާރަ ވަނަ މަޖިލީހުގައި އިންތިހާއަށް ގެއްލި ހިނގައްޖެ. މަޖިލީހުގެ ތަޅުމުގައި ފައިސާ ގޯނި ގޯނީގެ ވާހަކަ ލަދެއް ހަޔާތެއް ނެތި ދައްކަމުން ގެންގޮސްފި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ެރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ނަގާ ވޯޓްތަކަކީ ވަކިވަކި މެމްބަރުންނަށް އަމިއްލަ ފައިދާ ލިބޭގޮތަށް ނަގާ ވޯޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަންވެސް އަންނަ ރައްޔިތުންގެ މަޖިލީހުގައި ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ވިލިގިނލީ މަސްވެރިންނަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯއްދަވައިދެއްވުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު، އެވައުދު ފުއްދުމަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ