ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އަމަން އަމާންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ އެކު، މާލެ އަރައި، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ހަމަލާ އިންރާއްޖެ ސަލާމަތް ކުރައްވައި، ނަސްރު ދެއްވި ކަމަށްޓަކައި ހަމްދު ކުރައްވާ ކަމަށެވެ.
އަދި އެ ދުވަހު ގައުމުގެ ދިފާއުގައި ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީ އާއި ކުރެއްވި އަގުހުރި ޖިހާދު ގެ ހަނދާން އައު ކޮށް، އެ ހިތްވަރު ގަދަ ގައުމީ ބަތަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތް ތަކަށް އައްސަރިބާހާއި ސާބަސް ރައްދު ކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ފޮނުއްވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި އެ މަސައްކަތްތަކަށް އެމަނިކުފާނުގެ އެއްބާރު ލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންތިހާބީ ރައީސް އަށް މައުމޫން ވަނީ އަރުއްވާފައެވެ.
މިނިވަންކަން ރައްކާތެރިކުރަން އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ