ކޮރަޕްޓް މީހުންނަށް ރައީސް އިބޫގެ ސަރުކާރުން ޖާގަ ނުދޭނެކަމަށް ހީކުރެވުނު ހީކުރުން މިވީ ކުށް ހީއަކަށް : އުމަރު

ކޮރަޕްޓް މީހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރުން ކުށް ހީއަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު އެނާގެ ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރުން މިވަނީ ކުށްހީއަކަށް ބަދަލުވެފައި ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓާއި ގުޅޭގޮތުންް އުމަރު ނަސީރު އޭނަގެ ފޭސްބުކްގައި މިގޮތަށް ލިޔުއްވާފައިވާއިރު ހޮނިހިރު ދުވަހުގެރޭ އެކުލަވާލި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ގުޅޭގޮތުން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަށް ކޮށް ސޯޝަލް މީޑިއާގައި ބައެއް އާންމު ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ