އޭއޯއައިއެސްއައިގެ ރިޔާސަތު ރާއްޖެއަށް ހޯދައިދިނުމަށް ސަމޯއާގެ ތާއީދު ލިބޭނެ - މައުމޫނު

އެލައަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯއެސްއައިއެސް) ގެ ރިޔާސަރު ރާއްޖެއަށް ހޯދައިދިނުމަށް ސަމޯއާގެ ފުރިހަމަ ތާއީދު ލިބިގެންދާނެ ކަމަށް ސަމޯއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވި ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ސަމޯއާގެ ޕާލިމަންޓް މެންބަރެއް ކަމަށްވާ މަލެލާގޯއީ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ޙަވާސާގައި އެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް މެންބަރު ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށެވެ.
މަލެލާގޯއީ 1984 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ޔޫއެން ސަމިޓްގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މެންބަރު ވަނީ ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އޭރުވެސް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ.
ސަމޯއާގެ ތާއީދާއިއެކު އިތުރު ޖަޒީރާ ޤައުމުތައް މިކަމުގައި ބައިވެރިވެ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށް އުންމީދު ކުރައްވާކަމުގައި މައުމޫނު ވިދާޅުވިއެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކުދި ޖަޒީރާ ގައުމުތަކުގެ ސަމިޓްގައި ރާއްޖެ ތަމްސީލްކުރައްވާ އެންމެ އިސްވެރިއެއްގެ ހައިސިޔަތުން މިއަދު އޮންނަ ބައްދަލުވުން ޗެއާ ކުރެއްވީ ރައީސް މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ