ފާރިސް މައުމޫން ގޭބަންދަށް ބަދަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގޭބަންދަށް ބަދަލުކޮށްފިއެވެ.ޗެނަލްތަރޓީން މައުލޫމަތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ރިޝްވަތުދިން ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިއަދު ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ލުގުމާން ވިދާޅުވީ ފާރިސް ގޭ ބަންދައް ބަދަލްކުރީ މާފުށީ ޖަލުގައި އޭނާ ހުންނަވާ ގޮޅި މަރާމަތު ކުރުމަށް ކަމަށާއި މަރާމާތުކޮށްނިމުމުން އަނބުރާ ޖަލަށް ބަދަލުކުރާނެ ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝަވަތު ދިންކަމުގު ތުހުމަތު ފާރިޝްގެ މަޗަށް ދައުކަތުން ކޮށްފައިވަ އިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާއެއްވެސް ކޮށްފައެވެ. އެއީ ގަވާއިދާ ޚިލާފަށް ޕީޕީއެމްގެ ދިދަ އޭނާ ބޭނުން ކުރި މައްސަލައިގައި ޝަހްސު އޮޅުވާލުމުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ