އިރުގެ އަލިން ރާއްޖޭގައި ކަރަންޓް އުފެއްދުމަށްޓަކައި ހިންގާ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި މަސައްކަތުގެ ދަށުން ށ. އަތޮޅާއި ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަރަންޓުގެ ބޮޑު މަޝްރޫއެއް ހިންގަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. ޗައިނާގެ ސިނޮމެކް އިންޓަނޭޝަނަލް ސަންގުރޯ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެޒިޑެންޓް ޒިޔާއޯ ޒިއަން ޑޮން އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ށ. އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް އެ ރަށްރަށުގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 29 ޖެނެރޭޓަރު (4.86 މެގަ ވޮޓް) އާއި، 2.86 މެގަވޮޓް އަވަރގެ ބެޓެރިއާއި، 10 ކިލޯމީޓަރުގެ ކޭބަލާއި، 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑް އަދި 62 ޑިސްޓްރިބިއުޝަން ފޮށި ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ގާއިމުކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ރަށެއްގައި 2.5 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމް ކުރެވި އެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށުގައި 4.57 މެގަވޮޓް ގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިފައިވާ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ށ އަދި ނ. އަތޮޅުގައި އިރުގެ އަލިން ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫއުގައި ސޮއި ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ