ޕެނަލް އަކަށް މައްސަލަ ދިމާވެ ވިލުފުށިން ކަރަންޓް ކެނޑިއްޖެ

ތ ވިލުފުށީ ޕެނަލް ބޯޑެއްގެ ބެޓެރިއަކަށް މައްސަލަ ދިމާވެ މިރޭ އެރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ވިލުފުށީ ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ މިރޭ އިރު އޮއްސުނު ވަގުތު ކަމުގައެވެ. އަދި ކަރަންޓް ކެނޑުނީ ޕެނަލްއެއްގެ ބެޓެރިއަކަށް މައްސަލަ ދިމާވެގެން ކަމުގައެވެ.
ނަމަވެސް މައްސަލަ ހައްލުކޮށް މިރޭ 10:30 އެހާއިރު އަލުން ރަށަށް ކަރަންޓް ދީފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"މިހާރު ކަރަންޓް ލިބިއްޖެ، 10:30 އެހާއިރު ކަރަންޓް ލިބިފަ މިވަނީ، މިހާރު އެއްވެސް މައްސަލައެއް ނޫޅޭ" އޮފިޝަލް ވިދާޅުވިއެވެ.
ވިލުފުއްޓަށް ކަރަންޓްގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ