އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި އަންނަ ހުކުރު ދުވަހު ހަވީރު 16:00 ން ރޭގަނޑު 22:00 އަށް ހަމަޖައްސައިފި

އަމީނީ މަގު، ފޮޓޯ: ދިއިސްލާމްދުނިޔޭގެ ތިމާވެށިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ޖޫން 8 ވާ ހުކުރު ދުވަހު ހަވީރު 16:00 ން ރޭގަނޑު 22:00 އަށް ޓްރާންޕޯރޓް އޮތޯރިޓީން ހަމަޖައްސައިފިއެވެ.މިއަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ އާއި ގުޅިގެން ސަރުކާރުން އެދުވަސް ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ތިމާވެށީގެ ކަންތައްތަކުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ޢާއްމު ރައްޔިތުން އަހުލުވެރި ކުރުވުމަށްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން މަޢުލޫމާތު ދެއްވައެވެ.އަންނަ ހުކުރު ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވީނަމަވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދާއި އެންބިއުލެންސާއި ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕާއި ޚާއްސަ އެހީއަށް ބެނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައި ހުންނަ ސައިކަލުތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތުގެ ތެރެއިން އެއޮތޯރިޓީން ހުއްދަދެވޭ އުޅަނދުގެ އިތުރުން އެދުވަހު އެގަނޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ފިޔަވައި އެހެން އިންޖީނުލީ އުޅަނދު ދުއްވުމަކީ “އެއްގަމު ދަތުރުފަތުރު ޤާނޫނު” 2009/5 ގެ 5 ވަނަ މާއްދާ (ރ) ގެ ދަށުން މަނާ ކަމެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސާފައެވެ.ހުއްދަދެވިފައިވާ އުޅަނދު ފަހަރަށް އެއޮތޯރިޓީން ޚާއްސަ ހުއްދައެއް ދެވޭއިރު އަތޮޅުތަކުގައި ބޭނުންކުރާ އުޅަނދު ފަހަރަށް އަތޮޅުކައުންސިލް އިދާރާއިން ނުވަތަ ރަށު ކައުންސިލް އިދާރާއިން ހުއްދަދިންކަމުގެ ލިޔުން އޮންނަން ޖެހޭގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައި ވެއެވެ.ފައިމަގުގައި ހިނގާފައި އުޅޭ ދުވަހާއި ގުޅިގެން ހަމަޖައްސާފައިވާ އުޞޫލުތަކާއި ޚިލާފުވާ ފަރާތްތަކާމެދު 2009/5 (އެއްގަމު ދަތުރުފަތުރު ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ