އެމްޑީޕީގެ ވާދަވެރިން 2018 އަށް ތައްޔާރުވުން ބުއްދިވެރި: ރައީސް ނަޝީދު

އެމްޑީޕީގެ ވާދަވެރިން މިއަހަރުގެ ރިޔާސީ އިންތިހާބާއި ނޫޅެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުން ބުއްދިވެރިކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހއ އަދި ހދ ޖަގަހަ ހުޅުވުމަށް ބްރާސްފަތި ދުވަހު ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ވިދާޅުވާގޮތަށް މި އިންތިހާބަކީ އެމްޑީޕީގެ ދަބަހުގައި އޮތް އިންތިހާބެއް ކަމުގައެވެ. އަދި އިންތިހާބު އެއްފަރާތަށް ބުރަވަމުންގޮސް މިހާރު :އަންބޮނޑިއަށް" ވެއްޓިފައި ވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ލީކްވެފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ވޯޑިއޯއަކަށް އިޝާރާތް ކުރައްވައެވެ. އެ އޯޑިއޯގައި ޔާމީން ވިދާޅުވަނީ މިއަހަރުގެ އިންތިހާބަކީ އެބޭފުޅުންގެ ދަބަހުގައިއޮތް އިންތިހާބެއްކަމަށާއި އެއިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޕީޕީއެމްއަށް ނެތްކަމުގައެވެ. އަދި 2018 ގެ އިންތިހާބަށް ތައްޔާރުވުން ބުއްދިވެރިކަމަށްވެސް ޔާމީން ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމްއިން ބުނެފައިވަނީ އެ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫން ކަމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭވަރުގެ ތާއީދެއް އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ބަޔަކަށް ނެތްކަމުގައެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ އެމްޑީޕީގެ ވާދަވެރިން މިއަހަރުގެ އިންތިހާބަށް ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލުމަށްފަހު 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުންކަމަށްވެސް ރައޯސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ