ޓީއެމްއޭއަށް ޓާމިނަލް ދިނުމާއި، ދެ މުވައްޒިފުން ވަކި ކުރި މައްސަލައިގައި ގާސިމް ރައީސަށް ފާޑު ވިދާޅުވެއްޖެ

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭ މައްސަލަ އާއި، އެކަމަށް ދެކޮޅު ހެދި ސީނިއާ ދެ މުވައްޒިފުން ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައިގައި ސަރުކާރު ކޯލީޝަނުގައި ހިމެނޭ ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރި ފޯމުތައް ހަވާލު ކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގަ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން ސީޕްލޭން ޓާމިނަލް ދޭން އުޅެނީ ޓީއެމްއޭއަށް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވާހަކަ ދެއްކި އެ ތަނުގެ ދެ މުވައްޒިފުން ވަޒީފާއިން ވަކި ކުރުމަކީ، ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ ދެ މުވައްޒިފުންގެ ވަޒީފާ ވަގުތުން ވަގުތަށް އިއާދަ ކޮށްދެެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާ ކަމަށާއި، ރައްޔިތުންނަށް އަނިޔާ ވެރި ނުވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ތަނެއްގެ އިހުލާސްތެރި ސީނިއާ މުވައްޒިފުންތަކެއް ދައްކާ ވާހަކަ ތަކަކުން ލިބޭނެ ނިކަމެއްތި ކަމެއް ނޯންނާނެ ކަމަށާއި އެގޮތަށް މުވައްޒިފުން ވަޒީފާއިން ވަކި ކޮށްގެން، އެ އަރައި ގަނެވެނީ ރައްޔިތުންގެ ހައްގު ތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެން ކަންތައް ނުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން އެދި ވަޑއިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ
"ކޮބައިތޯ އެ ވިދާޅުވާ ޑިމޮކްރަސީގެ މާނައަކަީ، ކޮބައިތޯ ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމަށް ދީފަ އޮތް ފުރުސަތު، އެހެންވީމާ އަޅުގަނޑު އިއްޒަންތެރި ރައީސުލް ޖުމްހޫރިއްޔާ އަށް ދަންނަވާލަން، އެއްގޮތަކަށްވެސް އެހެން ނަހައްދަވާށޭ، ހަމަ ވަގުތުން މިހާރު އިއާދަ ކޮށްދެއްވާށޭ، އެގޮތަށް ރައްޔިތުންނަށް އަނިޔާވެރި ނުވާށޭ، ކޮންމެ ފަރާތަކުން ކަމަަށްވިޔަސް މީހަކު އެއްޗެއް ބުނުމަކުން މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ، ތަނެއްގެ އިހުލާސްތެރި ސީނިއާ މުއައްޒިފަކު ދައްކާ ވާހަކައަކުން އެމީހަކަށް ލިބޭނެ އަދި އެކަމަކަށް އަންނާނެ ނިކަމެތި ކަމެއް ވެސް ނޯންނާނެ، އެހެންނަމަވެސް އިއްޒަތްތެރި މަނިކުފާނު ތިގޮތަށް ކަންތައް ކުރެއްވީމާ އެ އަރައިގަނެވެނީ ކޯޗަކަށްތޯ މަނިކުފާނު ވިންނާ ވަޑައިގެންނެވުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދެން އިހުލާސްތެރި ކަމާއެކު ދަންނަވާލަން ރައްޔިތުންގެ ހައްގުތަކަށް އެ އަރައިގަނެވެނީ، އަސާސީ ހައްގަކަށް ތިޔަ އަތްބާނައި ގަނެވުނީ، އެހެން ނަހައްދަވާށޭ އަޅުގަނޑު ދަންނަވާނީ އަދަބުވެރިކަމާއެކީ،" ގާސިިމް ވިދާޅުވިއެވެ.
ގާސިމިް ވިދާޅުވީ، އެހެން ބަޔަކަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދިނުމެއްނެތި، ޓާމިނަލް ރާއްޖޭގައި އޮތް އެހެން ކުންފުންޏަކަށް ދޭން އުޅޭ ވަހަކަ މިއަދު އަޑުއިވެމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވި ފެނިގެން މިދަަނީ ސީޕްލޭން އޮޕަރޭޓްކުރާ އޮޕަރޭޓަރުންނަށް ދޫކޮށްލަން 80 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ހެދި ޓާމިނަލް ހަމައެކަނި އެންމެ ބަޔަކަށް ދޫކޮށްލާތަން ކަމަށެވެ.
ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދިނުމުގެ ވާހަކަ ފެންމަތި ވެފައިވާއިރު އެކަމަށް ދެކޮޅުހެދި ސީނިއާ ދެ މުވައްޒިފަކު ވަކި ކުރި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.
މައުލުޟާތު ލިބިފައިވާ ގޮތުގައި އެކަމާ ދެކޮޅު ހަދައިގެން ވަޒީފާއިން ވަކި ކޮށްފައިވަނީ އެ ކުންފުނީގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ، ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަ، ކޮމާޝަލް، މުޖުތަބާ ލަތީފް އެވެ.
އެ ދެމީހުން ވަޒީފާއިން ވަކިކުރީ، އެމްއޭސީއެލް އަށް އާ ސީޕްލޭން ޓާމިނަލް ހިންގޭނެ ކަމަށް ވިދާޅުވެ، ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ޓީއެމްއޭއަށް އެ ތަން ދޭން ދެކޮޅުހެއްދެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ