ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިކޮޅުގައި ޖެއްސެވުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ މައި ޖަގަހަ ކުނޫޒުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ގޯނާ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ޖޭޕީން ކުރާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް ގޯނާ ކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެ ބޭފުޅުންގެ އެތެރޭގައި ދެކޮޅުވެރިކަން އޮތް މިންވަރެއް،" ރައީސް ސޯލިހާއި ރައީސް ނަޝީދާ ގުޅުމަށް ނިސްބަތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ރޭގެ އެ ހަފްލާގައި ގާސިމް ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ސަރުކާރާއި އެކުގައި ކަމެއް މަޝްވަރާ ކުރަން ބޭނުންވި ނަމަވެސް، އެކަން މީޑިއާތަކަށް އަންގައިގެން ބޮޑު "ކަންތައްގަނޑެއް" ހިންގާލާކަށް ނުޖެހޭނެ ކަމަށެވެ.
މި ހަފްލާގައި ގާސިމް ރޭ ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓެއް ނިކުންނަވާނެކަން އިއުލާން ކުރައްވާފަ އެވެ.
ރައީސްގެ ގައިކޮޅުގައި ޖެއްސެވުމަށް ބަޔަކު އަންނަނީ މަސައްކަތް ކުރަމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ