މޫސުން ވަރަށް ގޯސް، އުތުރުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް!

މޫސުން ގޯސްވެ، އުތުރުގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލެޔޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު 09:30 އިން 13:30 އަށް ހއ. އަތޮޅުން ނ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރިފައި ވާއިރު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.Yellow Alert for Heavy rain pic.twitter.com/idN1494SE7— Maldives Meteorology (@MetMaldives) September 24, 2019
އޭގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ޅ. އަތޮޅަށް މިއަދު ހެނދުނު 06:30 އިން 11:30 އަށް ވައިޓް އެލާޓު ނެރެފަ އެވެ. ހަމަ އެހެންމެ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ވަނީ މިއަދު ވެސް ބައެއް އަތޮޅުތަކަށް ޔެލޯ އަދި ވައިޓް އެލާޓު ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ