ސަރުކާރާއި ރައްޔިތުންގެ މަޖިލީގުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު ދޭތެރެޖައްސައިގެން ސަރުކާރުން ކަންތައްތައް ކުރަން ބޭނުންވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ޖަލްސާއެއްގަ ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، މަޖްލިސް ތެރެއިން އެމްޑީޕީއަށް ސަޕޯޓުކުރާ މެންބަރަކު ގާސިމް އިބްރާހިމަށް ނިސްބަތްކޮށް ގާސިމް މަސައްކަތް ކުރައްވަނީ "ރައީސް ނަޝީދާ ސަރުކާރާ ދެމެދު ދޭތެރެ ޖައްސައިގެން ސަރުކާރަށް ވައި އަޅުވައިގެން ކަންތައްތަކެއް ހޯދަން" ކަމަށް ވެސް ވިދާޅުވާ ކަމަށެވެ.
"އަޅުގަނޑު އިހަށް ދުވަހު ބުނިން ސަރުކާރުން މި ކުރާ ކަންތައްތަކަށް މަޖިލީހުގެ ތެރެއިން އެންމެ ބާރަށް އެ ވާހަކަ ދައްކަވަނީ އަޅުގަނޑުމެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދޭ. އެވާހަކަ ދއެއްކީމަ އެމްޑީޕީގެ ބައެއް އިއްޒަތްތެރި މެންބަރުން އެބަ ވިދާޅުވޭ އަޅުގަނޑުމެން އެ އުޅެނީ ސަރުކާރަށް ވައި އަޅުވައިގެން ސަރުކާރުން ކޮންމެވެސް ކަންތައްތަކެއް ހޯދާށޭ. އެކަން ބޭނުންނުވާ އެއްވެސް އިންސާނަކު އެބައުޅޭތޯ؟"
ގާސިމް ވިދާޅުވީ ރައީސް ނަޝީދާއި ސަރުކާރާއި ދެތެރެ ޖައްސައިގެން ކަންތައްތައް ކުރަން އޭނާ ބޭނުންވާކަމަށެވެ.
"އަޅުގަނޑު ނޫހަކުން ދެކުނިން ގާނޫނީގޮތުން ވަރަށް ފުންނާބު އުސްކަމަށް އަޅުގަނޑުމެން ދެކުނު ބޭފުޅަކު ވިދާޅުވި އަޅުގަނޑު އުޅެނީ ސަރުކާރާ ރައީސް ނަޝީދާ ދޭތެރެ ޖައްސައިގެން ކޮންމެވެސް ކަންތަކެއް ހޯދާށޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު އެކަން އެހެން ކުރަމޭ. އަޅުގަނޑު ބޭނުމޭ ސަރުކާރަށް ވައި އަޅުވައިގެން ކަންތައްކުރަން،" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު މިހެން ވިދާޅުވާއިރު ވެސް ދޭތެޖެއްސުމަކީ އިސްލާމް ދީނުގަވެސް ކޮންކަހަލަ ކަމެއްކަން އެނގިލައްވާކަމަށެވެ.
ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވަނީ ރައީސް ނަޝީދު ކަމަށެވެ. އެހެން ނަމަވެސް އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުވާކަމެއް ސަރުކާރުން ކުރަން ނުނިންމާހާ ހިނދަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގަ ދެމި އޮންނާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"ކޯލިޝަން ސަރުކާރެއް އަބަދުވެސް އަންނަނީ. އެ ބޭފުޅުންނަށް އަޅުގަނޑުމެން ބަލަހައްޓައިގެން ހުއްޓަ މިވާގޮތަކީ. ފުރަތަމަ ފަހަރު 21 ދުވަހުން. ދެން އައިފަހަރު ރައްޔިތުންގެ މަޖްލިސް ނިމުނީރަށް އަޅުގަނޑުމެން ބޭރު ކޮށްލައިފި. މިއަދު ﷲ އިރާދަ ކުރެއްވިއްތީ ސަރުކާރުތެރޭ އަޅުގަނޑުމެން މިއޮތީ ސަރުކަރުގަ. މަޖިލީހުގެ ތެރެއިން ވަކިން މަސައްކަތް ކުރިއަސް. ގައުމުގެ ކުރިއެރުމަށާ ގައުމަށް މަންފާއާ ފައިދާ ލިބިގަތުމަށްޓަކާ މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާ އުސޫލުތަކުން ނެއްތިގެން ނުދާހާ ހިނދަކު އަޅުގަނޑުމެން ކުރާ މަސައްކަތައް ދާނީ އެއްބާރުލުން ލިބިގެން،"
ގާސިމް މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެކްސްޓާ އޯޑިނަރީ ކޮންގްރެސް އެއްވެސް ބޭއްވުމަށް ކައުންސިލަށް ހުށަހަޅުއްވާނެކަމަށެވެ. އަދި ކައުންސިލުހުން އެކަން ފާސް ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމުމަކީ އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ކައުންސިލުން ނިންމާނެކަމެއްކަން. އެހިސާބުން އަޅުގަނޑުމެންނަށް ހުރިހާ ދާއިރާއަކަށް ވެސް ހުރިހާ މަގާމަކަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު ލިބިގެންދިޔައީ. މިއަށްވުރެ ތަނަވަސްކޮށް ކޮން ޕާޓީއެއްގަތޯ މިކަން އޮތީ؟"
ގާސިމް ވިދާޅުވީ އަންނަނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީގެ ގޮފިތައް އުފެއް ދުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާކަމަށެވެ.
ސަރުކާރާއި ރައީސް ނަޝީދާ ދެމެދު ދޭތެރެޖައްސައިގެން ސަރުކާރުން ކަންތައްތައްކުރަން ބޭނުން: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ