ޒޯން ސްޓޭޑިއަމް ހުޅުއްވާނީ މައުމޫން

އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްްީކުރަމުންދާއިރު ސްޓޭޑިއަމް ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ކުރީގެ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެެއްޖެއެވެ.
މަލީހް ވިދާޅުވީ ސްޓޭޑިއަމް ރަސްމީކޮށް ހުޅުއްވައި ދެއްވާ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މާދަމާ ރޭ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުމަށްފަހު ސްޓޭޑިއަމް އެފްއޭއެމްއާއި ހަވާލު ކުރާނެއެވެ. އަދި އޭގެ ފަހުން މުބާރާތަށް އޭއެފްސީއާއި ދަނޑު ހަވާލު ކުރާނެއެވެ.
ސްޓޭޑިއަަމް ހުޅުވާ ރަސްމިއްޔާތުގައި ހިތަދޫ ސްކޫލް ދަރިވަރުންގެ ހާއްސަ އައިޓަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަނޑު ހުޅުވުމުގެ ގޮތުން ޝަންގްރިއްލާ އާއި ހެރެތެރެ ދެމެދު ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ނިންމިއެވެ. ނަމަވެސް ފަހުން ވަނީ އެ މެޗް ކެންސަލް ކޮށްފައެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމް ނިންމުމުގެ މަސައްކަތް ފޯރި އާއި އެކު ކުރިއަށްދާއިރު ދަނޑުގެ ލައިޓިން މިރޭ ނިންމާ ދަނޑު ދިއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަނޑު ކުރެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ