05 ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ފަތްކޮޅު ޙަވާލުކުރައްވައިފި

05 ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ފަތްކޮޅު ޙަވާލުކުރައްވައިފިއެވެ.
އެގޮތުން، ފަތްކޮޅު ޙަވާލުކުރެވިފައިވާ 05 ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ:
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހދ. ކުޅުދުއްފުށީ އަލީޝާ އަލްއުސްތާޛު ޢަލީ އާދަމް
އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ކ.މާލެ މއ. ވެލަނބުލިގެ އަލްއުސްތާޛު އިބްރާޙީމް މަޢުމޫރު
ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ސ. މަރަދޫ އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން
ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ. ތިނަދޫ މުނިޔާގެ އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙަސަން
ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، ދ. ބަނޑިދޫ އަލިވާގެ އަލްއުސްތާޛު އަޙްމަދު ޢާމިރު
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ބޭފުޅުންނަށް ފަތްކޮޅު ޙަވާލު ކޮށްފައި ވަނީ އެ ބޭފުޅަކު ހުންނެވި ރަށަކަށް ފަތްކޮޅުތައް ފޮނުވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ