ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސުންކު (ސާމްޕަލް) ދިނުމަށް ދެކޮޅު ހަދާފައިވާ ދެފަރާތެއްގެ މައްޗަށް ސުންކު ދިނުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ފުލުހުން ވިދާޅުވީ ދެމީހުން ސުންކު ދިނުމަށް އެނގުމާއި އެކު ސުންކު ނެގުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކަށާއި ފުލުުންގެ މައްޗަށް ދެއަމުރު ރޭ ކޯޓުން ނެރެފައިވާ ކަމަށެވެ.
މި ދެމީހުން ސުންކު ދިނުމަށް ދެކޮޅު ހެދުމުން އެ މައްސަލަ ކޯޓަށް ހުށައެޅީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. މި މައްސަލަ ބަލާ ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ދެމީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ބެލެވިގެން އެކަން ޔަޤީންކުރުމަށް ޑޮކްޓަރަށް ދައްކާ ސުންކު ނަގަން އެންގުމުން މި ދެމީހުންވެސް އެކަމާއި ދެކޮޅު ހަދާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށެވެ.
އެހެންކަމުން ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލަށް ލިބިފައިވާ ޤާނޫނީ ބާރުގެ ދަށުން އަންގާފައިވާ އެންގުން ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ދެކޮޅު ހެދި މީހުންނާއި ކަރަންޓީން ފެސިލިޓީއަށް ދާން ދެކޮޅު ހެދި މީހުންނާ ދެކޮޅަށް ސިވިލް ކޯޓުން މީގެ ކުރިން ބައެއް އަމުރުތައް ނެރެފައިވެއެވެ.
ކޮވިޑް-19: ސުންކު ދިނުމަށް ދެމީހެއްގެ މައްޗަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ