ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމެޓުކަށް ޑރ. ހަސަން ސައީދު ހަމަޖައްސައިފި ކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް މައުލުމާތު ލިބިއްޖެއެވެ.
ހަސަން ސައީދުގެ އަރިސް މީހަކު މިއަދު ބުނީ ކުރިއަށް އޮތް ރިއާސީ އިންތިހާބްގައި ގާސިމްގެ ރަނިންމޭޓުކަމަށް ޑރ. ހަސަން ސައިދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެކަން ފައިނަލް ކޮށްފައިވަނީ ރޭ ކަމަށް އޭނާ ބުންޏެވެ.
މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ނާއިބު ލީޑަރު އިލްހާމް އަހްމަދު ރޭ ވިދާޅުވީ ގާސިމް އިބްރާހީމްގެ ރަނިންމޭޓް މި ރޭ އިއުލާން ކުރެއްވުމަށް އެ ޕާޓީން ނިންމަވާފައިވާ ކަމަށެވެ.
"ގައުމާއިގެ ކުރިއަށް" ކެމްޕެއިންގައި މިހަރުގެ ރައިސް ޑރ. މުހައްމަދު ވަހީދު އާއި އެކު ހުންނެވި ހަސަން ގާސިމްގެ ރަނިން މެޓަކަށް ހަމަޖެއްސެވީ އެމަނިކުފާން 2008ގެ އިންތިހާބުން ހޯއްދެވި ކާމިޔާބީއަށްވެސް ބެލުމަށް ފަހުކަމަށްވެއެވެ.
މިހާރުގެ ރައިސް ވަހީދު އާއި އެކު ޑރ. ހަސަން ކޯލީޝަން ހަދާފައިވަނީ ވަކި ޝަރުޠެއް ނެތިއެވެ. އަދި އަދާލަތު ޕާޓީ ގައުމާއިގެން ކުރިއަށް ކޯލިޝަނުން ވަކިވި ހިސާބުން ހަސަން ވެސް ކޯލިޝަނާއި ދުރައްދާ ކަމުގެ އަޑުވަނީ ފެތުރިފައެވެ.
ގާސިމް ގެ ރަނިންމޭޓަކަށް ޑރ. ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ