ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުން އަމާޒުވަނީ،އެމްޑީޕީއަށް ކަމަށާއި އެ ނިންމުމާ ދޭތެރޭ އެމްޑީޕީން ވަރަށް ހައިރާންވާކަމަށް ޕާޓީގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ
މިއަދު މަޖިލީސް އިންތިހާބާއި ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ މީގެ ކުރިންވެސް އަމިއްލަ ގޮތުން ވާދަކުރާ ޕާޓީގެ މެމްބަރުންނާއި މެދު ޕާޓީން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕާޓީން އަމަލު ކުރައްވާނެ ގޮތެއް ލީޑާޝިޕުން ނިންމަވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މި އަހަރުގެ އެޕްރީލް މަހު ބާއްވާ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ 77 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެވެ. އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން ވަނީ ހަ ދާއިރާގެ ޕްރައިމަރީ ބާއްވާފައެވެ.
ސުޕްރީމް ކޯޓުގެ ނިންމުން އަމާޒުވަނީ އެމްޑީޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ