ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން ކަމަށް ވެސް ރިޔާޒް ވިދާޅުވެފައިވެ އެވެ. މި ބައްދަލުވުން އޮތީ ސުޕްރީމް ކޯޓުގަ އެވެ.
މި ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ސުޕްރީމް ކޯޓަކުން ވެސް އަދި ރިޔާޒް ވެސް ހާމައެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް "ހަވީރަ" ށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުން ބޭއްވީ ސުޕްރީމް ކޯޓުގެ އެދުމަކަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ޕޮލިސް ކޮމިޝަނަރު ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ