އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި އެމްޑީޕީ އިން ހޯދި ކާމިޔާބީ އަށް ކުރީގެ ރައީސް މައުމޫން އަބްދު ޤައްޔޫބް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓުވީޓެގައި ވަނީ ހަތަރު ޕާޓީ ގުޅިގެން ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅު ވެފައެވެ.
ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާ މިހާރު ދަނީ އިއުލާން ކުރެވެމުން ނެވެ. އެގޮތުން މާލެ ސިޓީގެ އެންމެ ގޮނޑިއެ ފިޔަވާ ހުރިހާ ގޮނޑިއެ ކާމިޔާބް ކޮށްފައިވަނީ އެމްޑީޕީ އިންނެވެ. އަދި އައްޑޫސިޓީގެ ހުރިހާ ގޮނޑިއެ އެމްޑީޕީ އިން ވަނީ ކާމިޔާބް ކޮށްފައެވެ.
އަދި ހަމަ އެހެންމެ ތިން މެމްބަރުން ތިއްބަވާ ފުވަމުލަކު
ސިޓީ ކައުންސިލްގެ މެދު ދާއިރާއާއި ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބް ކޮށްފައިވަނީވެސް އެމްޑީޕީ އިންނެވެ.
އެމްޑީޕީ އިން މި އިންތިހާބް ކާމިޔާބް ކުރައްވާފައިވަނީ ވަރަށް ބޮޑު ތަފާތަކުން ނެވެ. އެގޮތުން ގުނާނިމުނު ވޯޓް ފޮށި ތަކުގެ ނަތީޖާ ދައްކާ ގޮތުން ޕާޓީތަކަށް ލިބުނު ޖުމްލަ ވޯޓްގެ އަދަދަކީ:
އެމްޑީޕީ: 107,467 ވޮޓް
ޕީޕީއެމް: 59,741 ވޯޓް
ޖޭޕީ: 7607 ވޯޓް
އެމްޑީއޭ: 6541 ވޯޓް
ޑީއާރްޕީ: 163 ވޯޓް
މިނިވަން ކެންޑިޑޭޓުން: 30,634 ވޯޓް
ރައީސް މައުމޫން އިންތިހާގައި އެމްޑީޕީ އިން ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ