ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލަކާއެކު މީހަކު ހައްޔަރުކުރުމުން ކޯޓުން ޖަހައިދިނީ އެއް ދުވަސް

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލަކާއެކު 22 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިޔަށް ގެންދިއުމަށް ކޯޓުން ދީފައިވަނީ އެއް ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2016 ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ 01:51 ހާއިރު ޓެޕްކޯން ހާޑްވެއަރ ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލަކަށް އަރައި ސްޓާޓް ކުރަން އުޅެނިކޮށް ކަމަށެވެ.
ފުލުހުން ބުނީ މި ސައިކަލުގެ ތަޅު ހަލާކުކޮށްލާފައިވާ ކަމަށާއި އެމީހާ ސްޓާޓް ކުރަން އުޅުނު ސައިކަލަކީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިކަލެއް ކަމަށެވެ.
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ