މައުމޫނު ފެކްޝަނުން ޕީޕީއެމްގެ ނައިބުރައީސް ކަމަށް 2 ބޭފުޅަކު ހަމަޖައްސަވައިފި

މި މަގާމަށް މައުމޫނު ފެކްޝަނުން ހަމަޖައްސަވާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) އާއި އައިމިނަތު ނާދިރާ އެވެ.
ޕީޕީއެމް އޮފީހުގައި މިރޭ މައުމޫން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްްގައި ނައިބު ގެ މަގާމުގެ އިތުރުން ސްޕޯކްސް ޕާސަންގެ މަގާމަށްވެސް ވަނީ ބަދަލު ގެނެވިފައެވެ.
ކުރިން އެމަގާމުގައި ހުންނެވި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު އެ މަގާމުން ވަކިކުރައްވައި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ސްޕޯކްސް ޕާސަންގެ މަގާމަށް ހަމަޖައްސަވާފައެވެ.
މައުމޫނު ފެކްޝަނުން މިގޮތަށް އަމަލު ކުރި ނަމަވެސް ސިވިލް ކޯޓުން ބުނެފައިވަނީ އެ ޕާޓީގެ ހިންގެވުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށެވެ. އެހެންނަމަވެސް ރައީސް މައުމޫނު ވިދާޅުވީ ސިވިލްކޯޓުގެ ބުނުމަށް އިޖާބަ ނުދެއްވާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު އިލެކްޝަން ލޮމިޝަނުން ވެސް ވަނީ އެކޮމިޝަނުން އަމަލު ކުރަމުންދާނީ ސިވިލްކޯޓުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ބުނެފައެވެ.
މައުމޫނު ފެކްޝަނުގެ ސްޕޯކްސް ޕާސަން އަށް ހަމަޖެއްސެވި ސުޖާއު އަދި ނައިބު ގެ މަގާމަށް ހަމަޖެއްސެވި ވައްޑެ ވެސް ވަނީ މައުމޫނު ފެކްޝަނުގެ ސައްޙަކަމާއި މެދު ވާހަކަ ދައްކާފައެވެ. އަދި ލޯކަލްކައުންސިލް އިންތިހާބުގެ މަސައްކަތް އެމްޑީއޭ އާއި އެކު ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ