ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާއްވަވަން އުޅުއްވި ޖަލްސާ ބޭއްވިޔަ ނުދީ ފުލުހުން ވަނީ ހުއްޓުވާފައެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ 9:00 ފަށަން އުޅުނު ޖަލްސާ އަށް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަޑައިގެންނެވިއިރު، އެ ހިސާބު އެއްކޮށް ފުލުހުން ވަނީ ބެރިކޭޑު ޖަހާ ބަންދުކޮށްފަ އެވެ.
ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ޕީޕީއެމްގެ އޮފީސް ވެސް ވަނީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މައުމޫންގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޕާޓީ އޮފީހަށް އެއްވެސް މީހަކު ނުވަންނަން ފުލުހުން އަންގައިފައިވާކަމަށެވެ. ނަމަވެސް ރަސްމީކޮށް ފުލުހުން އެ ޕާޓީ އަށް އެެއްވެސް އެއްޗެއް އަދި އަންގާފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ޖަލްސާ ނުބޭއްވޭނެކަން ފުލުހުން ކުރިން އަންގާފައއެއް ނުވެއެވެ. އަދި އެހެންވެ ކުއްލިއަކަށް ޖަލްސާ އަށް ހުރަސް އެޅުމުން ވަރަށް ކަންބޮޑުވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މައުމޫން ފެކްޝަން ބާއްވަން އުޅުނު ޖަލްސާ ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ