އައްޑޫ އަތޮޅު ރަށްތަކުގައި ކަރަންޓު ކޭބަލްތައް ބަދަލުކުރަން ފަށައިފި

އައްޑޫ އަތޮޅު ރަށްތަކުގެ އެކި ސަރަހައްދު ތަކުގައި ފެނެކާއިން ކަރަންޓު ކޭބަލްތައް ބަދަލުކުރަން ފަށައިފިއެވެ.
މި މަސައްކަތް ކުރަމުންދަނީ ފެނެކާއާ ސަބްކޮންޓްރެކްޓްއެއް ހާދަފައިވާ ލަންކާ ކޮމްޕެނީ އެލްޓީއެލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ގެ ސަބްކޮމްޕެނީއެއް ކަމަށް ވާ ޔޫކޭ އިންޖިނިއަރިންގް ސާވިސާރސްއެވެ.
ކަރަންޓު ކޭބަލް ބަދަލުކުރަންޖެހުމުގެ މައިގަނޑު ސަބަބަކަށްވެފައިވަނީ ރަށްތަކަށް ދޫކުރެވޭ ވޮލްޓޭޖް ދަށްކުރަން ޖެހޭތީ އެކަން ހުއްޓުމުކަށް ގެނެއުމަށެވެ.
ކުރިން އަޅާފައިވާ ކޭބަލްތައް ހިމަވުމުން ވޮލްޓޭޖްދަށްކުރަންޖެހެން ވަނީ މަޖްބޫރުވެފައެވެ. ނަމަވެސް މިހާރު އަޅަމުންދާ 70 މިލިމީޓަރުގެ ފުޅާ ކޭބަލުގެ ސަބަބުން އަސްލު ދެވެން ޖެހޭ ވޮލްޓޭޖް ދެވޭނެކަމަށް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ވޮލްޓޭޖް ދަށް ކުރާކަށް ނުޖެހޭނެއެވެ.
މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން ފޭދޫ އަދި މަރަދޫގައި ބަދަލު ކުރަން ޖެހިފައިވާ ކަރަންޓު ކޭބަލްތަށް ވަނީ ބަދަލުކޮށްފައެވެ. އަދި މިއަދު ހިތަދޫގައި މަސައްކަތް ފެށޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ