އައްސަދު އަލީ (އަޑުބަރޭ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 3 ދުވަސް ޖަހައިފި

ޤާޒީ ޢަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގިކަމަށް ބުނެ ރޭ ދަންވަރު ހައްޔަރުކުރި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފިއެވެ.
އައްސަދު ޢަލީ، އަޑުބަރޭ ހައްޔަރުކުރީ ގާޒީ އަބްދުލްބާރީގެ ފޮޓޯއެއްނެގި ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް ފުލުސް އޮފީހަށް ހުށަހެއްވުމާއި ގުޅިގެންނެވެ.
ފުލުހުންނަށް ގާޒީ ބާރީ ފޮނުވި ސިޓީގައި ވިދާޅުވީ ޖަސްޓިސް ބިލްޑިންގް ކައިރީ އޮންނަ ގޯޅިގަނޑެއްގައި މިދިއަ ބުރާސްފަތި ދުވަހު ހަވީރު އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިއަ މީހަކު، ކަލޭމެން ގާޒީން ކަންތައް ކުުރާ ގޮތް އަހަރުމެންނަށް އެނގެއޭ ބުނެ ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ.
އަދި އެ މީހާ ފޮޓޯ ނަގާފައި ވަނީ "ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ ފޮޓޯ ނަގާނަމޭ" ބުނެކަމަށް ގާޒީ ބާރީގެ ސިޓީގައިވެއެވެ.
ކުރިމިނަލް ކޯޓުގެ ފަރާތުން ޢަބްދުލްބާރީ ސޮއިކުރައްވައި ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި ބާރީގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ބުނެއެވެ. މީގެ އިތުރުންވެސް އެ ސިޓީގައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއިބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާއިމެދު ފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ